ތިމާވެށި.
ޗާގޯސް އާކިޕެލާގޯ ސަރަޙައްދަށް 7 އޮކްޓޫބަރު 2026 ގައި މެގްނިޓިއުޑް 5.0 އާއި 5.2 އާ ދެމެދުގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ސުނާމީގެ ނުރައްކަލެއް ނެތް ކަމަށާއި އެއްވެސް ގެއްލުމެއް ނުވަތަ ލޮޅުމެއް ނާންނަކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ކަށަވަރުކޮށްދީފިއެވެ. އައްޑޫ ސިޓީއާ ގާތްގަނޑަކަށް 833 ކިލޯމީޓަރު ދުރަށް، ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށް އައި މި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖޭގެ ކަނޑުގެ ލޮނުގަނޑަށް ކޮށްފައިނުވާ ކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
ޗާގޯސް އާކިޕެލަގޯ ރީޖަނަށް 2026 އޮކްޓޫބަރު 7 ވީ ބުދަ ދުވަހުގެ ރޭ 8:00 ހާއިރު 5.0 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ހާމަކޮށްފައެވެ. މި ބިންހެލުން އުފެދިފައިވަނީ އައްޑޫ ސިޓީއާ ގާތްގަނޑަކަށް 833 ކިލޯމީޓަރު ދުރަށް ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ. އަދި މި ބިންހެލުމުގެ ސަބަބުން ދިވެހިރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި ސީދާ އަސަރެއް ނުކުރާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ޔަގީންކޮށްދީފައެވެ.