ސިޔާސަތު
21 ޚަބަރުސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާބެހޭ ފަރާތްތަކަށް ވަނީ އަންގަވާފައެވެ. މައިގަނޑު 15 ކުށަކުން ހޯދާ މުދާ ދައުލަތަށް ނެގުމަށް އެސެޓް މެނޭޖްމަންޓް އޮތޯރިޓީއެއް އުފެއްދުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުމާ ގުޅިގެންނާއި ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ވަރުގަދަ ބަހުސްތަކެއް ވަނީ ކުރެވިފައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިންޑިއާގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް އެ ގައުމަށް ވަޑައިގެންނެވި ނަމަވެސް، ދަތުރުގެ ރަސްމީ އެޖެންޑާ ހާމަކޮށްފައެއް ނުވެއެވެ. ޕީއެންއެފްގެ ސިޔާސީ ޖަލްސާއެއް އައްޑޫ ސިޓީ ހިތަދޫގައި ބޭއްވުމުގެ ތައްޔާރީތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މަސްތުވާތަކެތީގެ ބޮޑެތި ކުށްވެރިންނަށް އެއްވެސް ލުޔެއް ނުދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ނިންމާފައެވެ. ކުޑަކުދިންގެ އަންނައުނާއި ތާމޯސް ތަކެއްގައި ފޮރުވައިގެން 2.37 ކިލޯގްރާމްގެ މެތާއި 10 ކިލޯގްރާމްގެ ކެނަބިސް ފޮނުވަން އުޅެނިކޮށް 46 އަހަރުގެ އަލީ ރަޝީދާއި 34 އަހަރުގެ މުހައްމަދު ވިސާމް ނަމަކަށް ކިޔާ ދެ ދިވެހިން ތައިލެންޑުގެ ބެންކޮކުން ވަނީ ހައްޔަރުކޮށްފައެވެ. ސިނަމާލެ ބްރިޖުގައި އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. ވ. ރަކީދޫ ކައުންސިލްގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެ އެކަމާ ގުޅޭ ތަހުގީގުތަކެއް ވެސް ވަނީ ފެށިފައެވެ.