ޓެކްނޮލޮޖީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައު ޑިޖިޓަލް ވޮލެޓް 'ސްވައިޕް' (Swipe) ބީޓާ ޓެސްޓްކުރަން މިއަދު ފަށާފައިވަނީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ޒަމާނީ ނިޒާމެއް ތައާރަފުކުރުމުގެ މަގުސަދުގައެވެ. މި ޚިދުމަތުގެ ބީޓާ ޓެސްޓިންގ މަރުހަލާގައި ކަނޑައެޅޭ ވަކި އަދަދެއްގެ ކަސްޓަމަރުންނަށް ވޮލެޓްގެ ފީޗާތައް ތަޖުރިބާކޮށް، ފީޑްބެކް ދިނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. 'ސްވައިޕް' މެދުވެރިކޮށް ކޮންޓެކްޓްލެސް ޕޭމަންޓްތަކާއި، ފަސޭހައިން ފައިސާ ފޮނުވުމާއި، އަދި ކިއުއާރު ކޯޑް ބޭނުންކޮށްގެން ފައިސާ ދެއްކުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. ބޭންކުން ހާމަކޮށްފައިވާ ގޮތުގައި މި އައު ޑިޖިޓަލް ވޮލެޓަކީ ރާއްޖޭގެ ބޭންކިންގ ދާއިރާ އިތުރަށް ޑިޖިޓަލްކޮށް، ކަސްޓަމަރުންގެ ދިރިއުޅުމަށް ފަސޭހަކަން ގެނެސްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.