ސިއްހަތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ރާއްޖޭގައި ތެރަޕީގެ ޚިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމުގެ މަޤްޞަދުގައި 250 ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢެއް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. މި މަޝްރޫޢަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ފަރުވާ ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފެއްޓެވި މުހިންމު މަސައްކަތެކެވެ. މި ޕްރޮގްރާމުގެ ދަށުން ތަފާތު ދާއިރާތަކުން ތެރަޕިސްޓުން ތަމްރީނުކޮށް، ސިއްޙީ ދާއިރާގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަށް ވަނީ އަމާޒުހިފާފައެވެ. މީގެ ސަބަބުން ރާއްޖޭގެ ސިއްޙީ ނިޒާމަށް ކުރިމަތިވެފައިވާ ތެރަޕިސްޓުންގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.